ޖިންސީ ގޯނާގެ މައްސަލަތަކުގައި ކުޑަކުދިންގެ ވީޑިއޯ އިންޓަވިއޫތައް ކޯޓުން ބޭރަކަށް ނުގެންދެވޭނެ: ސުޕްރީމް ކޯޓު

ސަން

19 މާރިޗު 2026 | ބުރާސްފަތި | 10:26

ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކުގައި، އެ ކުދިން ތަހުގީގަށް ދީފައި ހުންނަ ވީޑިއޯ އިންޓަވިޔުތަކަކީ ކޯޓުން ބޭރަށް ގެންގޮސްގެން ދިފާއީ ވަކީލުންނަށް އެކްސެސް ދެވޭނެ އެއްޗެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

ކުޑަކުދިންގެ ވީޑިއޯ އިންޓަވިޔުފަދަ އެއްޗެހި، ކޯޓުން ބޭރުގައި ދިރާސާ ނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކުރީ، ކުޑަ ކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލައެއްގައި، ތަހުގީގަށް ކުޑަ ކުދިންތަކެއްގެ ފަރާތުން ނަގާފައިވާ އިންޓަވިޔުތަކެއްގެ ރެކޯޑިން، ކޯޓުން ބޭރުގައި ދިރާސާ ކުރުމަށް ދޫކުރުމަށް ދަށު ކޯޓާއި ހައިކޯޓުން ނިންމާފައިވާ މައްސަލައެއްގެ އިސްތިއުނާފުގައެވެ.

ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އެންމެ ފުރަތަމަ އެ މައްސަލަ ހައިކޯޓަށް ހުށަހެޅުމުން ހައިކޯޓުން ދައުލަތަށް އެ މައްސަލަ ނާކާމިޔާބުވުމުންނެވެ.

މައުޟޫޢުތަށް