ގުދަނެއްގައި ރޯވުން: 15 ގެއަކުން މީހުން ހުސްކޮށް، 10 ގެއަކުން 77 މީހަކު ވަގުތީ ބޯހިޔާވަހިކަމަށް
ސަން
19 މާރިޗު 2026 | ބުރާސްފަތި | 10:39
ތޯއިބާ މިސްކިތް ކައިރީ ހުރި ގުދަނެއްގައި ރޭ ރޯވި ސަރަހައްދުގައި ހުރި 15 ގެއަކުން މީހުން ހުސްކުރި ކަމަށާއި އޭގެތެރެއިން 77 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީން މިއަދު ބުނެފިއެވެ.
މ. ތޮޢިބާ މިސްކިތް ކައިރީގައި ހުރި ގުދަނެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފަށް ރިޕޯޓުކުރީ އިއްޔެ 21:30 އެހާކަންހާއިރެވެ.
މި ހާދިސާގައި ރޯވީ ގަސްކާނާއާއި ކެމިކަލް ހުރި ގުދަނެއްގައެވެ. އެހެންވެ، ވަރަށް ބޮޑަށް އަލިފާން ރޯވިއެވެ. ރޭ ގާތްގަނޑަކަށް ގަނޑިން 23:15 އެހާކަންހާއިރު އަލިފާންގަނޑު ނިއްވާލީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޭނުންކުރާ ފޯމްއިން އަލިފާން ނިއްވާ ފަޔާ ލޮރީ ވެސް ގެނެސްގެންނެވެ.