ނުރައްކާތެރިކަން ކެނޑި ވައި ސާފުވެއްޖެ، އީދުގައި މޫސުން ރީތިވާނެ: މެޓް
ސަން
19 މާރިޗު 2026 | ބުރާސްފަތި | 12:27
މި ދުވަސްވަރު މުޅި ރާއްޖެއަށް ވައި ޖެހޭނީ އިރު އުތުރުން ކަމަށްވާތީ، ވައި ސާފުވެފައިވާ ކަމަށް, މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން މިއަދު ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގެ އެކި ހިސާބުތަކުގެ ވައި ހުރީ ނުރައްކާތެރި މިންވަރަކަށް މަތިވެފައެވެ.
ނަމަވެސް، މިއަދު އައިކިއުއެއާއިން ދައްކާ ގޮތުގައި، ޖުމްލަ ކޮށް މުޅި ރާއްޖެއަށް ވަނީ ވައި ސާފުވެފައެވެ. މިގޮތުން، އުތުރުން ކުޅުދުއްފުށި ސިޓީގައި ވައިގެ ސާފުމިން ހުރީ 53ގައި ރީނދޫ ސަމާލުގައެވެ.