ފިތުރު އީދާ ގުޅިގެން ދިރާގުން ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭ ގޮތް ހަމަޖައްސައިފި
ސަން
20 މާރިޗު 2026 | ހުކުރު | 9:26
ފިތުރު އީދުގެ މުނާސަބަތާ ގުޅިގެން، ދިރާގުގެ ކަސްޓަމަރުންނަށް ސައުދީ އަރަބިއްޔާއަށް ހިލޭ ގުޅޭނެ އިންތިޒާމު އެ ކުންފުނިން މިއަދު ހަމަޖައްސައިފިއެވެ.
ދިރާގުން ބުނީ މިއީ އީދުގެ އުފާވެރިކަން އާއިލާއާއި ރައްޓެހިންނާ ހިއްސާކޮށް، ގުޅުން ބަދަހިކުރުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ތަޢާރަފުކުރި ހިދުމަތެއް ކަމަށެވެ.
މި ދުވަސްވަރަކީ އުމްރާގެ އަޅުކަމަށް ރާއްޖެއިން ގިނަ އަދަދެއްގެ ބަޔަކު ސައުދީ އަރަބިއްޔާއަށް ގޮސް އުޅޭ ދުވަސްވަރަކަށް ވާތީ، މި ހިދުމަތުގެ ސަބަބުން ގިނަ ބަޔަކަށް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ.