އީދަށް ވެސް ޓެކްސީ ލައިން ނުފެށޭ، އެކަމަކު މި މަހު ފެށޭނެ: ޓްރާންސްޕޯޓު
ސަން
20 މާރިޗު 2026 | ހުކުރު | 11:29
މިއަދު ފާހަގަކުރާ އީދާ ދިމާކޮށް ސަރުކާރުގެ ޓެކްސީ ލައިން ނުފެށުނު ނަމަވެސް މި މަހު އެ ޚިދުމަތް ފަށާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ސަރުކާރުގެ ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނެ ކަމަށް ބުނެ މިނިސްޓަރު އަމީން އެންމެ ފުރަތަމަ ދެއްވި ތާރީޚަކީ ނިމިދިޔަ އަހަރުގެ ޖުލައި މަހުގެ ފުރަތަމަ ހަފުތާއެވެ. އެއަށްފަހު، މިނިސްޓަރު ވަނީ އެ އަހަރުގެ ޖޫން މަހު، ޓެކްސީ ލައިންގެ ޚިދުމަތް ފެށޭނީ އޮގަސްޓް މަހު ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް، މިނިސްޓަރު ދެއްވި ދެ މުއްދަތުގައި ވެސް ޓެކްސީ ލައިންގެ ޚިދުމަތް ފެށިފައެއް ނުވެއެވެ.