އެހާ އަވަހަށް ވަގުތު ފާއިތުވޭ، ހަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަނުކުރޭ: ޚުތުބާ

ސަން

20 މާރިޗު 2026 | ހުކުރު | 1:32

ވަގުތަކީ އެހާ އަވަހަށް ފާއިތުވާ އަގުބޮޑު އެއްޗެއް ކަމަށްވާއިރު، ހަޔާތުގެ އެންމެ ސިކުންތެއް ވެސް ފައިދާއެއް ނެތް ގޮތުގައި ހޭދަނުކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި މުސްލިމުންނަށް ގޮވާލައިފިއެވެ.

މިއަދުގެ ޚުތުބާގައި އަލިއަޅުވާލީ، ވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމުގެ މައްޗަށެވެ.

މިގޮތުން، ކޮންމެ ދުވަހަކީ އަހަރެމެނަށް ދެއްވާފައިވާ ގިނަ ނިއުމަތްތައް ހަނދާންކޮށް އެކަމަށް ޝުކުރުވެރިވާން ޖެހޭ ދުވަހެއް ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ. އެއީ، މާތް الله ދެއްވައިފައިވާ އަގުބޮޑު ނިޢުމަތްތަކުން މަޙުރޫމުވުމުގެ ކުރީން އެ ނިޢުމަތްތަކުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ޓަކައި ކަމަށް ޚުތުބާގައި ވަނީ ބުނެފައެވެ.

މައުޟޫޢުތަށް