ބާވެފައިވާ ސިނަމާލެއާއި މާލެހިޔާ ފުލެޓުތައް އެއް އަހަރަށް މާރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

ސަން

20 މާރިޗު 2026 | ހުކުރު | 3:28

ގިނަ ދުވަސްވެ، ބާވެފައިވާ ސިނަމާލެއާއި މާލެ ހިޔާ ފުލެޓުތައް އެއް އަހަރަށް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން މާލެ ސިޓީ ކައުންސިލުން ރޭ އިއުލާނުކޮށްފިއެވެ.

އެ އިއުލާނުގައި ވަނީ، މާލެ ހިޔާ އެކަކާއި ދޭއްގެ ފުލެޓުތައް މާރާމާތުކޮށް ބަލަހައްޓައިދޭނެ ބަޔަކު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންވެ، އެ ކަން ކުރުމަށް ޝައުގުވެރިވާ މީހުން ބީލަން ހުށަހެޅުމަށް ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

ފާހަގަކުރެވޭ ގޮތުގައި، ސިނަމާލެ ފުލެޓުތަކާއި މާލޭހިޔާ ފުލެޓުތަކަށް 1990ގެ އަހަރުތަކުގައި މީހުން ބަދަލުވީއިރު އެއީ ޖާގަ ތަނަވަސް، އެ ޒަމާނަށް ބަލާއިރު ފެންވަރު ރަނގަޅު ފުލެޓުތަކެކެވެ. އޭގެ ފަހުން 35 އަހަރަށްވުރެ ދިގު މުއްދަތެއް ފާއިތުވެފައިވާއިރު، އެ ފުލެޓުތަކުގެ އެތެރެއާއި ބޭރުން ވެސް ފެންނަނީ ވީރާނާކަމެވެ.

މައުޟޫޢުތަށް