ބޮޑު ތަރުހީބެއް ލިބުނު "ޢީދު ހަވީރު" ވީ އާއިލާއާއެކު އުފާވެރި ވަގުތުކޮޅަކަށް!
ސަން
20 މާރިޗު 2026 | ހުކުރު | 6:36
ފިތުރުގެ އީދުގެ މުނާސަބަތުގައި މާލެ ސަރަހައްދުގައި ތިން ދުވަހަށް ކުރިއަށްގެންދާ "އީދު ހަވީރު" އަށް ބޮޑު ތަރުހީބެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން އިންތިޒާމުކޮށްގެން ބާއްވާ މި ހަވީރު، މިއަދުން ފެށިގެން ތިން ދުވަހަށް މާލޭގެ ޖުމްހޫރީ މައިދާނާއި ވިލިމާލެ ބޯޅަދަނޑާއި ހުޅުމާލެ ފޭސް އެކެއް ސެންޓްރަލް ޕާކާއި ހުޅުމާލެ ފޭސް ދޭއް ހިޔާ ސަރަހައްދުގައި އޮންނާނެއެވެ. މި ހަވީރު އޮންނާނީ، ކޮންމެ ދުވަހަކު 16:00އިން 18:00އަށެވެ.
ޢީދު ހަވީރު 1447: ކުޑަކުދިން ގަޔާވާނެ ފަދަ އެކިއެކި ކެރެކްޓާތައް ވަނީ ދައްކާލާފައި -- ސަން ފޮޓޯ/ ޝާތިއު އަބްދުﷲ