އެމްއައިބީން ޑިޖިޓަލް ބޭންކިންއަށް އަހުލުވެރިކުރުވަން، އައިފޯނެއް ލިބޭ ކުއިޒެއް
ސަން
21 މާރިޗު 2026 | ހޮނިހިރު | 12:08
ޑިޖިޓަލް ބޭންކިންއަށް އާންމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "އެމްއައިބީ ޗެލެންޖް"ގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުއިޒް މުބާރާތެއް ފަށައިފިއެވެ.
އެމްއައިބީން ތައާރަފުކުރި މި ކުއިޒް މުބާރާތަކީ، އެ ބޭންކުން ފޯރުކޮށްދޭ ޑިޖިޓަލް ޚިދުމަތްތަކާއި އުފެއްދުންތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި، ކަސްޓަމަރުންނާ އޮންނަ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެއް ކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
ރާއްޖޭގައި މަސައްކަތްކުރާ، ވޯކް ޕާމިޓް އޮންނަ ބިދޭސީންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލާފައިވާ މި މުބާރާތް ކުރިއަށްދާނީ އަންނަ އޭޕްރިލް މަހުގެ ފަސްވަނަ ދުވަހުގެ މެންދުރު 14:00 އާ ހަމައަށެވެ.