ފެލިދޫ ކައިރިން ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ނުފެނޭ
ސަން
21 މާރިޗު 2026 | ހޮނިހިރު | 1:10
ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ބަންޑުން ޖަހާލި ލޯންޗުން ގެއްލުނު ދެ މީހުން އަދިވެސް ފެނިފައި ނުވާކަމަށް ފުލުހުން ބުނެފިއެވެ.
ފެލިދޫ ކައިރިން ލޯންޗެއް ބަންޑުން ޖަހާލި ކަމުގެ ރިޕޯޓަށް ފުލުހަށް ކޮށްފައިވަނީ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރުއެވެ. އެ ލޯންޗުގައި ތިބި ހަތް މީހުންގެ ތެރެއިން ދެ މީހަކު ގެއްލިގެން ހޯދަމުން އަންނަ ކަމަށް އިއްޔެ ފުލުހުން ބުނެފައިވެއެވެ.
'ސަން'އަށް މައުލޫމާތު ދެމުން މިއަދު ފުލުހުން ބުނީ އެ ދެ މީހުން ހޯދުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން އަންނަ ކަމަށާއި ނަމަވެސް މިހާތަނަށް ދެ މީހުން ފެނިފައި ނުވާކަމަށެވެ.