ޖަރުމަނުގެ ކޮންޑޯ އެއާލައިނުން މެއި މަހުން ފެށިގެން ރާއްޖެއަށް އަލުން ދަތުރުތަކެއް ބާއްވަނީ

ސަން

21 މާރިޗު 2026 | ހޮނިހިރު | 1:45

ޖަރުމަންވިލާތުގެ ކޮންޑޯ އެއާލައިނުން ހޫނު މޫސުމުގައި ރާއްޖެއަށް އަލުން ދަތުރުތައް ފަށަން ނިންމައިފިއެވެ.

ކޮންޑޯގެ 2026 ވަނަ އަހަރުގެ ޝެޑިއުލްގައިވަނީ، ޖަރުމަނުގެ ފްރެންކްފާާޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ހަފުތާއަކު ހަތަރު ދުވަހު ދަތުރު ކުރުމަށް ހަމަޖައްސައިފައެވެ. އެއީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

އެ ޝެޑިއުލްގައިވާ ގޮތުން ދަތުރުތައް ބާއްވާނީ އަންނަ މެއި މަހުން ފެށިގެން އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.

މައުޟޫޢުތަށް