ހަވާ އެރުވުން ކެންސަލްކުރީ ސިޔާސީ ނުފޫޒުން، ކައުންސިލްގެ އަގު ވައްޓާލަން: އައްޑޫ ކައުންސިލް
ސަން
21 މާރިޗު 2026 | ހޮނިހިރު | 2:50
އެމްއެންޑީއެފްގެ ކުންފުނި ސިފްކޯއިން ރޭ އައްޑޫ ސިޓީގައި ހަވާ އަރުވަން އިންތިޒާމުކޮށްފައި އޮތް ނަމަވެސް، ހެ ހަރަކާތް ކެންސަލް ކުރީ ސިޔާސީ ނުފޫޒުން ކަމަށް އައްޑޫ ސިޓީ ކައުންސިލުން މިއަަދު ތުހުމަތުކޮށްފިއެވެ.
އައްޑޫގައި ރޭ ހަވާ އަރުވަން އޮތީ 20:30ގައެވެ. އެއީ ހިތަދޫ ސެންޓްރަލް ޕާކު އަލުން ތަރައްގީކުރުމަށްފަހު ހުޅުވުމުގެ މުނާސަބަތާ ވެސް ގުޅުވައެވެ. ނަމަވެސް ހަވާއެރުވުމުގެ ހަރަކާތް ބާއްވައިފައިނުވާތީ ސޯޝަލް މީޑިއާގައި ބައެއް މީހުން ހިތްހަމަނުޖެހުން ފާޅުކޮށްފައިވެއެވެ.
"ސަން"އަށް އެނގިފައިވާ ގޮތުގައި، ހަވާއެރުވުން ކެންސަލްކޮށްފައިވާކަން އިއްޔެ ހަވީރު 17:45 ހާއިރު ސިފައިންގެ ކުންފުނި ސިފްކޯއިން އައްޑޫ ކައުންސިލަށް ފޮނުވި އީމެއިލްއަކުން ވަނީ އަންގައިފައެވެ.