ވ. އަތޮޅުގައި ހިނގި ލޯންޗު ހާދިސާ: އެކަކުގެ އަތް ބުރިވެ، އިތުރު ފަރުވާއަށް އިންޑިއާއަށް
ސަން
21 މާރިޗު 2026 | ހޮނިހިރު | 5:19
ވ. ފެލިދޫ ކައިރީ ކަނޑުމަތީގައި ބުރާސްފަތި ދުވަހުގެ ރޭ ހިނގި ލޯންޗު ހާދިސާގައި އަނިޔާވި އެކަކުގެ އަތް ބުރިވެ، އޭނާ އިތުރު ފަރުވާ ހޯދަން އިންޑިއާއަށް ގޮސްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ޖުމަލް ހަތް މީހުންނާއެކު ވ. ފެލިދޫ ކައިރިއިން ދަތުރުކުރަމުން ދަނިކޮށް ލޯންޗެއް ބަންޑުން ޖަހާލި ކަމަށް ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު 01:15 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވެއެވެ.
ފުލުހުން ބުނީ އެ ހާދިސާ ހިނގި ވަގުތު އެ އުޅަނދުގައި ތިބި މީހުންގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތާއި ރަޝިޔާއަށް ނިސްބަތްވާ ދެ އަންހެނުންނާއި، އިންޑިއާއަށް ނިސްބަތްވާ ފަސް ފިރިހެނުން ކަމަށެވެ. އޭގެ ތެރެއިންފަސް މީހުން ކަނޑަށް ވެއްޓުނު ކަމަށާއި އެއީ ރަޝިޔާގެ އަންހެން މީހާގެ އިތުރުން އިންޑިއާއަށް ނިސްބަތްވާ ހަތަރު ފިރިހެނުން ކަމަށް ފުލުހުން ބުންޏެވެ.