ބީއެމްއެލް އެފޯޑަބަލް ހައުސިން މަޝްރޫއު ތެރެއިން 1،224 ޔުނިޓުގެ މަަސައްކަތް ސީއެމްއީސީއާއެކު ފަށައިފި

ސަން

21 މާރިޗު 2026 | ހޮނިހިރު | 10:16

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ކުރިއަށްގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ތެރެއިން 1،224 ޔުނިޓުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް މިރޭ ރަސްމީކޮށް ފަށައިފިއެވެ.

ބީއެމްއެލްއިން ޖުމްލަ ތިން ކޮޓަރީގެ 3،260 ހައުސިން ޔުނިޓުގެ މަސައްކަތް ކުރެއެވެ. މި ޔުނިޓުތައް ދޭނީ ރެންޓް-ޓު-އޯން މޮޑެލްއަށެވެ. މި މޮޑެލްއަކީ ކުލި ދައްކައިގެން ދިރިއުޅެ ވަކި މުއްދަތަކުން މިލްކު ކުރެވޭ މޮޑެލްއެކެވެ.

މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ހުޅުމާލެ ތިންވަނަ ފިޔަވަހީގައި އިމާރާތްކުރާ 1,224 ހައުސިން ޔުނިޓުގެ ބިންގާ ވަނީ އަޅާފައެވެ.

މައުޟޫޢުތަށް