ކުނޫޒު ގޮއްވާލަން އުޅުނުކަމަށް ބުނާ މައްސަލަ ބާތިލުކޮށްދޭން ސުޕްރީމް ކޯޓުގައި އެދިއްޖެ
ސަން
21 މާރިޗު 2026 | ހޮނިހިރު | 11:21
ދިފާއީ ވަކީލުންގެ ފަރުވާ ކުޑަކަމުންނާއި އެކިގޮތްގޮތުން ޝަރިއަތް ލަސްވެފައިވާ، ޖުމްހޫރީ ޕާޓީގެ މައި ހަރުގެ، މ. ކުނޫޒުގައި ޖަލްސާއެއް ހިންގަމުން ދަނިކޮށް އެތަނުގައި އައިއީޑީއެއް ގޮއްވާލަން ރޭވި މައްސަލަ، ބާތިލުކޮށްދޭން އެދި އެ މައްސަލައިގައި ދައުވާ ލިބޭ، އެކަކު ކަމުގައިވާ އިއުތިސާމް މުހައްމަދު ސައީދުގެ ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
ސުޕްރީމް ކޯޓުގައި އާދިއްތަ ދުވަހު ފަށަން ތާވަލުކޮށްފައިވާ މި މައްސަލައަކީ، ކުނޫޒު ގޮއްވާލަން އުޅުނު މައްސަލައިގައި ދައުލަތުން ދައުވާ ކުރާ، އިއުތިސާމް އަދި މުހައްމަދު ތަސްލީމުގެ ތެރެއިން އިއުތިސާމް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައެވެ.
މި ކޭސްގެ އަސްލު މައްސަލަ އޮތީ އަދި ކްރިމިނަލް ކޯޓުގައެވެ. ސުޕްރީމް ކޯޓުގައި އާދިއްތަ ދުވަހު މި މައްސަލަ ފަށަން ތާވަލުކޮށްފައިވާއިރު، ހައިކޯޓުންވެސް މި މައްސަލައިގައި ނިންމާފައިވަނީ ދައުވާ ލިބޭ އިއުތިސާމާ ދެކޮޅަށެވެ. ސުޕްރީމް ކޯޓަށް ހުށަހަޅާފައިވަނީ ހައިކޯޓުގެ އެ ނިންމުމެވެ.