ކޮންޓްރެކްޓަރުންނާއެކު މަސައްކަތްކުރަން ސަރުކާރު އޮތީ ތައްޔާރަށް، ލުއި ދޭނަން: މުއްޠަލިބު
ސަން
21 މާރިޗު 2026 | ހޮނިހިރު | 11:57
ކޮންޓްރެކްޓަރުންނާއި ޑިވެލޮޕަރުންނާއެކު ސަރުކާރުން މަސައްކަތްކުރަން ތައްޔާރުކަމަށާއި، ދެވެން އޮތް އެހީތެރިކަމެއް ސަރުކާރުން ދޭނެ ކަމަށް، ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މިރޭ ވަނީ، ގައުމީ ބޭންކު ބީއެމްއެލުން ކުރިއަށް ގެންދާ "ބީއެމްއެލް އެފޯޑަބަލް ހައުސިން" މަޝްރޫއުގެ ތެރެއިން 1،224 ޔުނިޓުގެ މަސައްކަތް ޗައިނާ މެޝިނަރީ އިންޖިނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އާ ހަވާލުކޮށް، އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފަށައިފައެވެ.
އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މުއްޠަލިބު ވިދާޅުވީ، މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ބައްޓަންކޮށްފައިވަނީ ނިކަމެތި، ބޯހިޔާވަހިކަމެއް ނެތް އާއިލާތަކަށް ޚާއްސަ އިސްކަމެއްދޭ ގޮތަށް ކަމަށެވެ.