ކަންބޮޑުވުންތަކަށް ސައީދު: މި ހަފުތާ ވެސް ތެލުގެ ދެ ޝިޕްމަންޓު އައި، ދަތިކަމެއް ނެތި ތެލާއި ގޭހާއި ކާޑު ލިބޭނެ
ސަން
22 މާރިޗު 2026 | އާދިއްތަ | 11:25
އެމެރިކާ-އީރާން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލި، ސަޕްލައި ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެފައި އޮތް ނަމަވެސް މި ހަފުތާގައި ވެސް ރާއްޖެއަށް ތެލުގެ ދެ ޝިޕްމަންޓް އައިސްފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ރޭ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ސައީދު ވިދާޅުވީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިޔުމުގެ އިތުރަށް، ތެޔޮ ސަޕްލައިކުރުމަށް ވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާއިރު އެސްޓީއޯއިން އަންނަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާހެން ދަމަހައްޓަމުން ކަމަށެވެ.
އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، ދުރާލައި ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ "ނޮމިނޭޝަން" އެރޭންޖްމެންޓުގެ ދަށުން ކަމަށް ސައީދު ވިދާޅުވިއެވެ.