އެމްޑީޕީގައި އިސްކޮށް ތިބީ ދަލު ބޭރުން ޖެހިފައިތިބި ބައެއް ކަމަށް ވިދާޅުވެ، ސަރަނގު އާދަމް މަނިކުގެ ތާއީދު ޖަލީލަށް

ސަން

22 މާރިޗު 2026 | އާދިއްތަ | 1:45

އެމްޑީޕީއެއް މިހާރު ނެތް ކަމަށާއި, އެ ޕާޓީގައި މިވަގުތު އިސްކޮށް ތިބީ ދަލު ބޭރުން ޖެހިފައިތިބި ބައެއް ކަމަށް ވިދާޅުވެ، ވެރިކަންކުރާ ޕީއެންސީގެ ފަރާތުން މާލޭގެ މޭޔަރުކަމަށް ވާދަކުރައްވާ ކުރީގެ ޑިފެންސް މިނިސްޓަރު މޫސާ ޢަލީ ޖަލީލަށް ތާއީދުކުރައްވަން، މާލޭގެ ފުރަތަމަ މޭޔަރު އާދަމް މަނިކު (ސަރަނގު) ނިންމަވައިފިއެވެ.

ޖަލީލަށް ތާއީދުކުރައްވަން ނިންމެވިކަން އާދަމް މަނިކު ހާމަކުރެއްވީ ދެ ބޭފުޅުން ބައްދަލުކުރެއްވުމަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އާދަމް މަނިކު ވިދާޅުވީ، ކައުންސިލު އިންތިޚާބުގެ ނަތީޖާތައް ދައްކާގޮތުން އަބަދުވެސް ސިޓީތަކުގެ މޭޔަރުންނަށް އިންތިޚާބުވަނީ އެއިރެއްގައި އޮންނަ ސަރުކާރާ އިދިކޮޅު ޕާޓީގެ ކެންޑިޑޭޓު ކަމަށެވެ. ވުމާއެކު، މާލެ ތަރައްގީކުރުމަށް މަސައްކަތްކުރުމުގެ ބަދަލުގައި ސަރުކާރާއި އިދިކޮޅު އޮންނަނީ އަބަދު ކޯޅުމުގެ ތެރޭ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުޟޫޢުތަށް