ވައިގެ މަގުން އެތެރެކުރަން އުޅުނު 9.6 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި
ސަން
22 މާރިޗު 2026 | އާދިއްތަ | 4:45
ވައިގެ މަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
ކަސްޓަމްސްއިން ހާމަކުރި ގޮތުގައި، މިދިޔަ ހުކުރު ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގަތް މި ތަކެތީގެ ތެރޭގައި ހިމެނެނީ 5،370 ގްރާމްގެ ކެނަބިސް ފަތާއި، 6،590 ގްރާމްގެ ހަޝިޝް އޮއިލްއެވެ.
އަތުލައިގަނެވުނު މި މަސްތުވާތަކެތީގެ މަގުމަތީ އަގު 9.6 މިލިއަން ރުފިޔާއަށްވުރެ މަތިވާނެ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.