ދެ އިންތިޚާބު އެއްކުރުމުން ޚަރަދު ކުޑަވެ، ގައުމަށް ފައިދާ ވާނެ، ޕާޓީ ދެމި އޮންނާނީ އެގޮތުގައި: އެމްޑީއޭ ސެކްރެޓަރީ ޖެނެރަލް

ސަން

22 މާރިޗު 2026 | އާދިއްތަ | 5:08

ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމި ނިންމުމުގެ ސަބަބުން ގައުމަށް ވާނީ ފައިދާ ކަމަށާއި އެހެން ކަމުން އެ ޕާޓީ ދެމި އޮންނާނީ އެ ނިންމުމުގެ މަތީގައި ކަމަށް، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން މިއަދު ބުނެފިއެވެ.

މިކަން ހާމަކުރައްވާފައިވަނީ އެމްޑީއޭގެ ސެކްރެޓަރީ ޖެނެރަލް ޝާހް އިސްމާއީލް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައެވެ. ޝާހް ވިދާޅުވީ އެމްޑީއޭއަކީ އަބަދުވެސް ދިވެހި ރައްޔިތުންގެ ލާބަޔާއި، ގައުމުގެ ތަރައްގީއަށް ވަކާލާތުކުރާ ޕާޓީއެއް ކަމަށެވެ. އަދި ދެ އިންތިޚާބު އެއްދުވަހެއްގައި ބޭއްވުމަށް ސަރުކާރުން ނިންމި ނިންމުމަށް އެ ޕާޓީން ފުރިހަމައަށް ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ނިންމުމަށް ތާއީދުކުރާ މައިގަނޑު ސަބަބެއްގެ ގޮތުގައި އެމްޑީއޭއިން ފާހަގަކުރަނީ ދައުލަތުގެ ޚަރަދުތައް ކުޑަކުރެވިގެން ދިއުމެވެ. ޝާހް އިސްމާއީލްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ، ދައުލަތުގެ ޚަރަދު ކުޑަކޮށް ރައްޔިތުންނަށް އިތުރު ފައިދާވާނެ މިފަދަ ކޮންމެ ކަމެއްގައި އެމްޑީއޭއިން އަބަދުވެސް އިސްކުރާނީ ގައުމުގެ ހަމަޖެހުން ކަމަށެވެ.

މައުޟޫޢުތަށް