މާލޭގައި ބުޅަލުގެ މައްސަލަ ހައްލުކުރަން އެޅި ކެޓް ޝެލްޓާއާ ސަރުކާރުން ހަވާލުވެ ޖެއްސީ ރައްޔިތުންނަށް ތަކުލީފް: އާޒިމް
ސަން
22 މާރިޗު 2026 | އާދިއްތަ | 5:38
މާލޭގެ މަގުތަކުގައި ބުޅަލުގެ ނަޖިހާއި، ބުޅާ ގިނަވުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ފެށި "ކެޓް ޝެލްޓާ" މަޝްރޫޢު ސަރުކާރުން އަތުލުމުގެ ނަތީޖާއަކީ މިއަ ދުވެސް ރައްޔިތުން އެ އުނދަގުލުގައި އުޅެންޖެހުން ކަމަށް މާލޭ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
ޖަނަވަރީ 2024 ގައި މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު، އެންމެ އިސްކަމެއް ދެއްވި އެއް ވައުދަކީ މާލޭގެ މަގުތަކަކީ އަމާން، ސާފުތާހިރު ތަނަކަށް ހެދުމެވެ. މިގޮތުން ބުޅަލުގެ މައްސަލަ ހައްލުކުރުމަށްޓަކައި އެންމެ ނުވަ މަސްދުވަހުގެ ތެރޭގައި ކެޓް ޝެލްޓަރެއް ބިނާކޮށް، އަމަލީ ނަތީޖާ ދައްކަވާފައިވާކަން މޭޔަރު ފާހަގަކުރެއްވިއެވެ.
"ދެން ވީ ވައުދާ އެއްގޮތަށް، ރޭވުންތެރިކަމާއެކު ނުވަ މަސްތެރޭ ކެޓް ޝެލްޓާ އެޅީން. ނަމަވެސް ސަރުކާރުން އެތަން އަތުލުމުގެ ހިންގަންބުނެ އަތުލުމުގެ ސަބަބުން، މާލޭގެ މަގުތަކުން ބުޅަލުގެ ނަޖިހުގެ އުނދަގޫ ކެނޑިގެން ނުދިޔައީ،" މޭޔަރު ވިދާޅުވިއެވެ.