ތެލުގެ އަގު ބޮޑުކުރުމުގެ ވިސްނުމެއް ނެތް، އިއްޔެ ލިބުނު ތެލުން އަންނަ މަހުގެ މެދާ ހަމައަށް ވާނެ: ޒަމީރު

ސަން

22 މާރިޗު 2026 | އާދިއްތަ | 6:48

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ތެލާއި އެހެނިހެން ތަކެތީގެ އަގުތައް އުފުލެމުންދާ ދަނޑިވަޅުގައި، ތެލުގެ އަގު އިތުރަށް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުގައި ނެތް ކަމަށާއި، ސަރުކާރު ވިޔަފާރި ކުންފުނި އެސްޓީއޯއިން އިއްޔެ ގެނައި ތެލުގެ ޝިޕްމަންޓް އޭޕްރިލް މަހުގެ މެދާ ހަމައަށް ބޭނުންކުރެވޭނެ ކަމަށް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މެދުއިރުމަތީގައި އީރާނާއި އިސްރާއިލާއި އެމެރިކާއިން ކުރަމުން އަންނަ ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރިމަތިވެދާނެ ދަތިތައް ހައްލުކުރަން އެކުލަވާލި ވަޒީރުންގެ ކޮމިޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ފެށި ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް އަސަރުކޮށްފައިވާ ކަމަށެވެ.

ޒަމީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ރާއްޖެއަށް ކުރި އަސަރުތައް ދެނެގަނެ ފިޔަވަޅުތައް އެޅުމަށް މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެގޮތުން ރާއްޖޭގެ ރިޒާވް އެއްވަރެއްގައި ހިފަހައްޓައި، ކޮންމެހެން ރައްޔިތުންނަށް ލިބެންޖެހޭ އަސާސީ ޚިދުމަތްތައް ދަތިކަމެއް ނެތި ފޯރުކޮށްދިނުމަށާއި، ބޭރުގައި ކިޔަވާ ދިވެހި ދަރިވަރުންނަށް ފައިސާ ފޮނުވުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް، ޒަމީރު ވިދާޅުވިއެވެ.

މައުޟޫޢުތަށް