ޑުރަގާއެކު ހައްޔަރު ކުރި ދެބެއިންގެ މައްޗަށް ދައުވާކޮށްފި

ސަން

22 މާރިޗު 2026 | އާދިއްތަ | 10:48

މަސްތުވާތަކެއްޗާއެކު މާލޭން މިދިޔަ އަހަރު ހައްޔަރު ކުރި ދެބެއިންގެ މައްޗަށް ދައުވާކޮށްފިއެވެ.

މިދިޔަ ސެޕްޓެމްބަރު މަހު، މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކުރި ދެބެއިންނަކީ، މއ. މަޒާގެ، މުޙައްމަދު އައިޝް އަޙްމަދު (34އ) އާއި މާލެ / މއ. މަޒާގެ، އާމިނަތު ޢިއްލިއްޔީން އަޙްމަދު (25އ) އެވެ.

މި ދެބެއިންގެ މައްޗަށް ދައުލަތުންވަނީ ދެ ދައުވާއެއް އުފުލާފައެވެ. އެއީ، ޖަދުވަލު އެކެއްގައިވާ މަސްތުވާއެއްޗެއް ޓްރެފިކް ކުރުމުގެ ދައުވާ އަދި ކެނެބިސް ބޭނުން ކުރުމުގެ ދައުވާއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މި ދެ ދައުވާގެ އަޑު އެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔުމަށްވަނީ ތާވަލުކޮށްފައެވެ.

މައުޟޫޢުތަށް