ރޯދަ މަހަށް ފަހު ވެސް ބާޒާރުގެ އަގުތައް އެއްވަރެއްގައި، ލުނބޮޔާއި ފިޔާގެ އަގު ދަށްވެއްޖެ
ސަން
23 މާރިޗު 2026 | ހޯމަ | 10:31
މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ނިމިފައިވާއިރު، މާލޭގެ ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ގިނަ ބާވަތްތަކުގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ.
އާންމުގޮތެއްގައި ރޯދަ މަހަކީ ކާބޯތަކެތީގެ ޑިމާންޑު އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގުތައް އުފުލިގެންދާ މަހެއް ނަމަވެސް، މި އަހަރުގެ ރޯދަ މަސް ނިމިގެން ދިޔައިރު ބާޒާރުގައި ގިނަ ތަކެތީގެ އަގުތައް ހުރީ އާންމު ރައްޔިތުންނަށް ގަނެވޭ ފަދަ އެކަށީގެންވާ މިންގަނޑެއްގައެވެ.
އާންމު ދިރިއުޅުމުގައި ކޮންމެ ދުވަހަކުވެސް އެންމެ ގިނައިން ބޭނުންކުރާ ބައެއް އަސާސީ ބާވަތްތަކުގެ އަގު މިހާރު ވަނީ ރޯދަ މަހާ އަޅާބަލާއިރު ދަށަށް ގޮސްފައެވެ. މީގެ ތެރެއިންވެސް އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ލުނބޯ އަދި ފިޔާގެ އަގަށް އައިސްފައިވާ ހެޔޮ ބަދަލެވެ.