ޒުވާނުންނާއި އަންހެނުންނަށް މަޖިލީހުން ވަކި އިންސައްތައެއް ޚާއްސަކުރަން ދިރާސާކުރަނީ
ސަން
23 މާރިޗު 2026 | ހޯމަ | 12:32
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވުން ހުއްޓުވުމުގެ އިތުރުން، މަޖިލީހުން އަންހެނުންނަށާއި ޒުވާނުންނަށް ވަކި އިންސައްތައެއް ޚާއްސަކުރުމުގެ ވިސްނުންފުޅެއް ގެންގުޅުއްވާކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ހާމަކުރައްވައިފިއެވެ.
ރައީސް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވަނީ، 5،000 އިން އިތުރުވާ ކޮންމެ އާބާދީއަކަށް މެންބަރަކު އިތުރުވާކަން ފާހަގަކުރައްވައިފައެވެ. ރައީސް ވިދާޅުވީ، ރާއްޖޭގެ އާބާދީ ބޮޑުވާ ވަރަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު 100 ފަހަނަހަޅައި ދިއުން އެކަށީގެންވާ ކަމަށާއި، އެއީ ރަނގަޅު ގޮތެއް ކަމަށް ރައްޔިތުން ގަބޫލުނުކުރާ ކަމަށެވެ.
ރައީސް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު މަދުކުރެވޭނީ ގާނޫނުއަސާސީ އިސްލާހުކޮށްގެން ކަމަށެވެ.