ގައުމީ ތެލުގެ ރިޒާވެއް ގާއިމްކުރުމަށް ދިރާސާ ފަށައިފިން: ރައީސް

ސަން

23 މާރިޗު 2026 | ހޯމަ | 2:05

ދިގު މުއްދަތަކަށް ވިސްނައި، ކުރިއަށް އޮތް ފަސް އަހަރުތެރޭ ރާއްޖޭގައި ގައުމީ ތެޔޮ ރިޒާވެއް ގާއިމްކުރުމަށް ކުރަންޖެހޭ ކަންކަމުގެ ދިރާސާއެއް ސަރުކާރުން ފަށައިފައިވާ ކަމަށް، ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ރައީސް ވަނީ، ރާއްޖެއަކީ ތެލަށް ވަރަށް ބޮޑަށް ބަރޯސާވާ ގައުމެއްކަން ފާހަގަކުރައްވައިފައެވެ.

ރައީސް ވިދާޅުވީ، ތެލުގެ ރިޒާވެއް ގާއިމްކުރުމަކީ ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ގާއިމްކުރުން ފަދަ ކަމެއް ކަމަށެވެ. އެގޮތުން ތެލުގެ ރިޒާވެއް ގާއިމްކުރުމުގެ ސަބަބުން މުސްތަގުބަލުގައި ރާއްޖެއަށް ވާނީ ފައިދާ ކަމަށް، ރައީސް ވިދާޅުވިއެވެ.

މައުޟޫޢުތަށް