މޯޗަރީ ކައިރީ ހުރި ގުދަނުގައި ރޯކޮށްލުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ސަން

23 މާރިޗު 2026 | ހޯމަ | 8:30

ފަޅަށް އޮތް ގ. ހިޔާ ރޯދީގައި މިދިޔަ ހަފުތާގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން, އެ ގެއަށް ވަތް ކަމަށް ތުހުމަތު ކުރެވޭ މީހަކު ހައްޔަރުކޮށްފިއެވެ.

ހިޔާ ރޯދިގޭގައި އަލިފާން ރޯވުމުގެ ކުޑައިރުކޮޅެއް ކުރިން، އެ ގެއަށް މީހަކު ވަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ސައިކަލެއްގައި އައި މީހަކު ސައިކަލު ޕާކު ކުރުމަށްފަހު އެ ގެއަށް ވަންނަ މަންޒަރެވެ. އޭނާ ހުރީ ކަޅު އަވި އައިނެއް އަޅައިގެން، ހުދާއި ކަޅު ކުލައިގެ ގަމީހެއް ލައިގެންނެވެ.

އެ ވީޑިއޯއިން ފެންނަ ގޮތުގައި އެ ގޭގައި އަލިފާން ރޯވީ އެގެއިން އެ މީހާ ނުކުމެގެންދާތާ ކުޑަ އިރުކޮޅެއްގެ ތެރޭގައެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ.

މައުޟޫޢުތަށް