ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޅެންތައް ދިވެހިބަހުގައި އެބަހުރި: ޑރ. އަޝްރަފު

ސަން

23 މާރިޗު 2026 | ހޯމަ | 11:02

ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭ ޅެންތައް ދިވެހިބަހުގައި ވެސް އެބަހުރި ކަމަށް ދިވެހިބަހުގެ މުދައްރިސެއް ކަމުގައިވާ ޑރ. އަޝްރަފް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ ޅެންވެރިކަމުގެ ދުވަސް ފާހަގަކުރުމަށް 'އެސްއެސްޓީވީ'ން ގެނެސްދިން "ޅެންވެރިކަން" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޝްރަފް ވިދާޅުވީ، ދިވެހި ޅެމުގެ ތެރޭގައި އެކި ދާއިރާތަކުގެ ޅެންތައް އެބަހުރި ކަމަށެވެ. މިގޮތުން، ގައުމީ ޅެންތަކާއި ދީނީ ޅެންތަކާއި ޢިލްމީ ޅެންތަކާއި އަސަރާއި ޖަޒުބާތުން ފުރިފައިވާ ޅެންތަކާއި ޢިޝްޤީ ޅެންތައް ވެސް ދިވެހިބަހުގައި އެބަހުރިކަން އަޝްރަފް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިބަހުގެ ޅެންވެރީންނާއި އުސްތާޛުން ޅެންތައް ހައްދަވައިފައިވަނީ ޅެމަކީ ކޮން އެއްޗެއްކަން ދެނެވަޑައިގެން އެކަމުގެ ފަންނާއި ހުނަރު އެ ބޭފުޅުންގެ ކިބައިގައި ހުރެގެން ކަން ފާހަގަކުރެއްވިއެވެ. ދިވެހިބަހުގެ ފުދުންތެރިކަމާއި ފޯރުންތެރިކަން އެ ބޭބޭފުޅުންގެ ޅެންތަކުން ސާފުކޮށް ފެންނާން ހުރިކަމަށް ވެސް ވިދާޅުވިއެވެ.

މައުޟޫޢުތަށް