ދެ ގައުމުގެ މަސްލަހަތު އޮންނަ ދާއިރާތަކާ ގުޅޭ ގޮތުން، އެމެރިކާގެ މަންދޫބާއެކު ޚަލީލް މަޝްވަރާކުރައްވައިފި
ސަން
23 މާރިޗު 2026 | ހޯމަ | 10:31
އެމެރިކާއިން ދެކުނު އަދި މެދުތެރޭ އޭޝިއާއަށް ކަނޑައަޅާފައި ހުންނަވާ ޚާއްޞަ މަންދޫބު ސާޖިއޯ ގޯރއާ، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މިއަދު ބައްދަލުކުރައްވައިފިއެވެ.
ރާއްޖެއާއި ސްރީލަންކާއަށް ސާޖިއޯ ގޯރ ކުރައްވާ މި ދަތުރުފުޅު ފެއްޓެވީ، މިދިޔަ ބުރާސްފަތި ދުވަހެވެ.
އެމެރިކާގެ މަންދޫބު ކުރައްވާ މި ދަތުރުފުޅުގައި ދެ ގައުމުގެ އިސްވެރިންނާ ބައްދަލުކުރައްވައި، ސަލާމަތީ އަދި އިގްތިޞާދީ ދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވަން ވަނީ ހަމަޖެހިފައެވެ.