ރޯދަ މަހު ބޭއްވީ 1 ޖަލްސާ، މި ބަންދަށް ފަހު އަދި މަޖިލީހެއް ނުބާއްވާ

ސަން

24 މާރިޗު 2026 | އަންގާރަ | 11:09

ނިމިދިޔަ ރޯދަ މަހު އެންމެ ޖަލްސާއެއް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ދެން އޮންނަ ދުވަސް އަދި މެންބަރުންނަށް އަންގާފައި ނުވާ ކަމަށް ބައެއް މެންބަރުން ވިދާޅުވެއްޖެއެވެ.

ރަމަޟާން މަސް ނިމެން އެންމެ 11 ދުވަހަށް ވެފައި އޮއްވައި، މި ރަމަޟާން މަހު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ޖަލްސާ ބޭއްވީ މި މަހުގެ އަށް ވަނަ ދުވަހުއެވެ. އޭގެ ފަހުން ޖަލްސާއެއް ނުބާއްވާ އުޅެނިކޮށް ފަހު ދިހަ އަކާއެކު ސަރުކާރު ބަންދުވީއެވެ.

ފަހު ދިހަ އަކާއި އީދު ތިން ދުވަހަށް ފަހު އިއްޔެ ސަރުކާރު ހުޅުވިނަމަވެސް އަދި މަޖިލީހުގެ ޖަލްސާއެއް ބާއްވަން އެޖެންޑާ ކޮށްފައެއް ނުވެއެވެ.

މައުޟޫޢުތަށް