ދޫކުރާ ބިން ލިބޭ އާއިލާ މީހާގެ ނަންމަތީ ގޯއްޗެއް ނުވަތަ ފްލެޓެއް އޮވެގެން ނުވާނެ: އުސޫލު
ސަން
24 މާރިޗު 2026 | އަންގާރަ | 11:18
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއަކުން ގޯއްޗެއް ލިބިގެން ދޫކުރަންޖެހޭ ބިމެއް އޮންނަ ނަމަ، މިހާރު އެ ބިމެއް ދައުލަތަށް ނުދީ، އާއިލާ މީހަކަށް ދެވުނު ނަމަވެސް އެ ބިން ހަވާލުކުރާ މީހާގެ ނަން މަތީގައި ގޯއްޗެއް ނުވަތަ ފްލެޓެއް ރަޖިސްޓްރީކޮށްފައި އޮވެގެން ނުވާނެކަމަށް އެކަމާ ބެހޭ އުސޫލުގައި ބުނެފިއެވެ.
އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުން ގޯއްޗެއް ލިބިގެން، އެ މީހެއްގެ ނަމުގައި އޮންނަ 400 އަކަފޫޓަށްވުރެ ކުޑަ ބިންކޮޅު ސަރުކާރަށް ދޫކޮށްލަންޖެހޭ އުސޫލު، އާއިލާ މީހަކަށް ދެވޭގޮތަށް ބަދަލުކުރަން ނިންމަވާފައިވާކަމަށް ހާމަކުރައްވައިފިއެވެ. އަދި އެ އުސޫލު މިއަދު ގެޒެޓުކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ. މިއީ ކުރީ ސަރުކާރުން ހިންގި ބިންވެރިޔާ ސްކީމާއި، މި ސަރުކާރުން ހިންގާ ސްކީމްތަކާއި، ކުރިއަށް އޮތްތަނުގައި ވެސް ތަންފީޒުކުރާނެ އުސޫލެކެވެ.
://./219557