ހަނގުރާމައާ ގުޅިގެން ކާބޯތަކެތި ލިބުމުގައި ދައްޗެއް ނެތް، އެހެން ގައުމުތަކާވެސް އަންނަނީ މަޝްވަރާކުރަމުން: ސަޢީދު
ސަން
24 މާރިޗު 2026 | އަންގާރަ | 11:39
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، ބޭނުންވާ ކާބޯތަކެތި ލިބުމުގައި ރާއްޖެއަށް އެއްވެސް ދަތިކަމެއް ނެތް ކަމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު މިއަދު ވެސް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ހެނދުނު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ސަޢީދު ވިދާޅުވީ، ހަނގުރާމައިގެ ދަނޑިވަޅުގައި، އިންޑޮނޭޝިއާ އާއި މެލޭޝިއާ އާއި އޮމާން ފަދަ ގައުމުތަކުން ކުރިން ނުގެންނަ ވަރަށް ބައެއް މުދާ، އަމިއްލަ ވިޔަފާރިތަކުން ގެންނަ ކަމަށެވެ.
ސަޢީދު ވިދާޅުވީ، ކާބޯތަކެއްޗާއި އެކި ވައްތަރުގެ މުދާ ޗައިނާއިން ފަސޭހަކަމާއެކު ލިބޭ ކަމަށާއި، ބޭނުން ވަގުތެއްގައި މުދާ ލިބޭނެ ކަމުގެ ޔަގީންކަން އަބަދުވެސް އެބައޮތް ކަމަށެވެ.