މިދިޔަ އަހަރުން ފެށިގެން މިހާތަނަށް ޓީބީގެ 152 ކޭސް ރިޕޯޓުކުރި

ސަން

24 މާރިޗު 2026 | އަންގާރަ | 1:47

މިދިޔަ އަހަރުން ފެށިގެން މިއަހަރުގެ މިހާތަނަށް ޓީބީގެ 152 ކޭސް ރާއްޖޭގައި ރިޕޯޓުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ބުނެފިއެވެ.

މިއަދު ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރާއިރު، އެ ބައްޔަކީ "މައިކޯބެކްޓީރިއަމް ޓިއުބާކިއުލޯސިސް" ކިޔާ ބެކްޓީރިއާއެއްގެ ޒަރީއާއިން ޖެހޭ ބައްޔެކެވެ. އާންމުކޮށް މި ބަލި ފުއްޕާމެއަށް ޖެހުނު ކަމުގައި ވީނަމަވެސް، ހަށިގަނޑުގެ އެހެނިހެން ގުނަވަންތަކަށް ވެސް ޓީބީ ޖެހެއެވެ.

ޓީބީ ގައިން ގަޔަށް ފެތުރެނީ، ފުއްޕާމެއަށް ބަލިޖެހިފައިވާ މީހުންގެ ކުޅުން ޖަރާސީމު ފެންނަ ނަމަ، އެމީހުންގެ ފަރާތުން އެކަންޏެވެ.

މައުޟޫޢުތަށް