ނުފެށި ދިގުލައިގެން ގޮސްފައިވާ، ސަރުކާރު ޓެކްސީ ލައިންގެ ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލުގައި ދަފުތަރުވާން ހުޅުވާލައިފި
ސަން
24 މާރިޗު 2026 | އަންގާރަ | 4:21
ސަރުކާރުން ދިން ތާރީޚުތަކުގައި ނުފެށި ދިގުލައިގެން ގޮސްފައިވާ ޓެކްސީ ލައިނުގެ ޚިދުމަތަށް ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންގެ ޕޫލުގައި ދަފުތަރުވުމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން މިއަދު ހުޅުވާލައިފިއެވެ.
އެމްޓީސީސީން ބުނީ، މާލޭ ޓެކްސީ ލައިންގެ ޚިދުމަތާ ގުޅެން ބޭނުންވާ ޕާޓް ޓައިމް ޑްރައިވަރުންނަށް ޕޯޓަލް މެދުވެރިކޮށް ޑްރައިވަރުންގެ ޕޫލުގައި ދަފްތަރު ވެވޭނެ ކަމަށެވެ.
އެމްޓީސީސީން ވަނީ މިދިޔަ ނޮވެންބަރު މަހު ޓެކްސީ ލައިނަށް 407 ޑްރައިވަރުން ހޯދަން އިއުލާނުކޮށްފައެވެ. އެކަމަކު އެ އަދަދަށް ޑްރައިވަރުން ލިބިފައެއް ނުވެއެވެ.