ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމާމެދު އުފެދިފައި އޮތް ނުތަނަވަސްކަމަކީ "ސިޔާސީ އޮއިވަރެއް": އާދަމް ޝަރީފް
ސަން
24 މާރިޗު 2026 | އަންގާރަ | 4:53
ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރުމާ މެދު ނުތަނަވަސްކަމެއް އޮތްއިރު، އެއީ މި ދުވަސްވަރުގެ ގޮތުން ދިމާވެފައިވާ "ސިޔާސީ އޮއިވަރެއް"ގެ ގޮތުގައި ލޯކަލް ގަވަނަންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ސިފަކުރައްވައިފިއެވެ.
އާބާދީ މަދު ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން އަންނަނީ ކުރަމުންނެވެ.
އެ މަސައްކަތް ކުރަމުން އަންނައިރު، ހަނިމާދޫ މީހުންނަށް ގޯތި ނުދީ، އެ ރަށަށް ހިރިމަރަދޫ މީހުން ގެންގޮސް ގޯތި ދިނުމާ މެދު އެ ރަށު މީހުން އަންނަނީ ދެކޮޅު ހަދަމުންނެވެ. އެކަމާ ދެކޮޅަށް ފުލުހަށް ވެސް މައްސަލައެއް ހުށަހެޅިއެވެ. ނަމަވެސް، އެ ކަމުގައި ޖިނާއީ ކުށެއް އެކުލެވިފައި ނުވާކަމަށް ބުނެ، މައްސަލަ ނުބަލަން ފުލުހުން އޮތީ ނިންމާފައެވެ.