ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި
ސަން
25 މާރިޗު 2026 | ބުދަ | 12:25
ހުސްވެފައިވާ ހައިކޯޓުގެ އިސް ފަނޑިޔާރުކަމުގެ މަގާމަށާއި ފެމެލީ ކޯޓުގެ އިސް ގާޒީ ކަމަށް ކުރިމަތިލާން ޖޭއެސްސީން ހުޅުވާލައިފިއެވެ.
ހައިކޯޓުގެ އިސް ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލާފައިވަނީ އެ ކޯޓުގެ 11 ފަނޑިޔާރުންނަށެވެ. އަދި ފެމިލީ ކޯޓުގެ އިސްގާޒީ ކަމަށް ހުޅުވާލީ އެ ކޯޓުގެ ގާޒީންނަށެވެ. މި ދެ މަގާމަށް އެދި ހުށަހެޅުމުގެ މުއްދަތު ހަމަވާނީ މި މަހުގެ 31 ވަނަ ދުވަހުގެ މެންދުރު 12:00 އަށެވެ.
ދިވެހިރާއްޖޭގެ ހައިކޯޓުގެ އިސްފަނޑިޔާރުގެ މަސްއޫލިއްޔަތުތަކާއި ބާރުތައް ބަޔާންކޮށްފައިވަނީ ދިވެހިރާއްޖޭގެ ފަނޑިޔާރުގެތަކުގެ ޤާނޫނުގައެވެ. އެ ޤާނޫނުގައި ބުނެފައިވާ ގޮތުން، ހައިކޯޓުގެ އިސްފަނޑިޔާރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ހައިކޯޓުގެ އިދާރީ އެންމެހައި ކަންކަން ހިންގުމާއި ބެލެހެއްޓުމުގެ އެންމެ އިސްވެރިއެއްގެ ގޮތުން މަސައްކަތްކުރުމާއި ކޯޓަށް ހުށަހެޅޭ މައްސަލަތައް ބެލުމަށްޓަކައި ފަނޑިޔާރުންގެ ބެންޗުތައް އެކުލަވާލުމާއި، އެ މައްސަލަތައް ފަނޑިޔާރުންނާ ހަވާލުކުރުން ހިމެނެއެވެ.