މިދިޔަ މަހު ކުޑަކުދިންނަށް އަނިޔާކުރުމުގެ 74 މައްސަލައެއް، އެންމެ ގިނައީ އިހުމާލުވުމުގެ ރިޕޯޓުތައް
ސަން
25 މާރިޗު 2026 | ބުދަ | 3:24
ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 74 މައްސަލައެއް މިދިޔަ މަހު ފެމިލީ މިނިސްޓްރީއަށް ރިޕޯޓުކޮށްފިއެވެ.
ފެމިލީ މިނިސްޓްރީން ބުނި ގޮތުގައި، މިދިޔަ މަހު ރިޕޯޓުކުރި މައްސަލަތަކުގައި ހިމެނެނީ އަންހެން ކުދިންނާ ގުޅުންހުރި 34 މައްސަލައަކާއި ފިރިހެން ކުދިންނާ ގުޅުންހުރި 40 މައްސަލައެކެވެ.
އޭގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތަކެވެ. އެގޮތުން އެ ބާވަތުގެ 21 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާ ގުޅޭ 12 މައްސަލައަކާއި އަންހެން ކުދިންނާ ގުޅޭ ނުވަ މައްސަލައެއް ކަމަށް ތަފާސްހިސާބުގައިވެއެވެ.