ހަފުތާއެއް ތެރޭ ޚަރަދު ކުޑަ ކުރުމުގެ ޕްލޭން ރައީސަށް ހުށަހަޅާނަން: ޒަމީރު
ސަން
25 މާރިޗު 2026 | ބުދަ | 7:34
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން މިހާރުގެ ހާލަތަށް ބަލައި، ޚަރަދު ކުރެވޭނެ ދާއިރާތަކާއި ބަޖެޓުން ރައްކާކުރެވޭނެ ދާއިރާތައް ބަލައި، އެކަމުގެ ޕްލޭނެއް ކުރިއަށް އޮތް ހަފުތާއެއް ތެރޭ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހުށަހަޅުއްވާނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިއަދު ހާމަކުރައްވައިފިއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖޭން ޚަރަދުކުޑަ ކުރުމުގެ ފިޔަވަޅުތައް ނާޅާ ކަމުގެ ކަންބޮޑުވުން އަންނަނީ ފާޅުކުރަމުންނެވެ.
އެހެން އެކަން އޮއްވައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ، އެ ހަނގުރާމައާ ގުޅިގެން ޚަރަދު ކުޑަކުރެވޭނެ ދާއިރާތައް ބަލަމުން އަންނަ ކަމަށެވެ.