ކައުންސިލް އިންތިޚާބު ގާތުގައި އޮއްވައި އާރްޑީސީ، ފެނަކަ އެމްޓީސީސީއަށް ރަށްތަކެއްގެ ސިއްހީ މަރުކަޒުގެ މަސައްކަތް ހަވާލުކޮށްފި

ސަން

25 މާރިޗު 2026 | ބުދަ | 10:06

ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުލުމުގެ ދުވަސް ގާތްވަމުން އަންނަނިކޮށް ޖުމްލަ ފަސް ރަށެއްގެ ސިއްހީ ހިދުމަތްދޭ ތަންތަނުގެ އާ އިމާރާތްތައް ބިނާކުރުމާއި، އިތުރުކުރެވޭ ބައިތަކުގެ މަސައްކަތް ސަރުކާރުގެ ތިން ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)، ފެނަކަ ކޯޕަރޭޝަން އަދި އެމްޓީސީސީއާއެވެ.

ގދ. ހޯޑެއްދޫ ސިއްހީ މަރުކަޒުގެ މަސައްކަތް އާރްޑީސީއަށްގދ. ހޯޑެއްދޫ ސިއްހީ މަރުކަޒަށް އަލަށް އިތުރުކުރެވޭ އިމާރާތުގެ މަސައްކަތް ހަވާލުކުރީ އާރްޑީސީއާއެވެ. 8.1 މިލިއަން ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއުގެ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲއެވެ. އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ ސީއެފްއޯ ރިފާއީ ބުޝްރީއެވެ. އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަޝްރޫއުގެ ދަށުން ނާސް ސްޓޭޝަނަކާއި، ހަތަރު އެނދުގެ ވާޑެއް، ޕްރައިވެޓް ރޫމް، ލެބޯޓްރީ، ޕަބްލިކް ހެލްތު ޔުނިޓް އަދި މީޓިން ހޯލެއްގެ އިތުރުން ލޯންޑްރީއާއި ސްޓޯ ރޫމެއް ހިމެނެއެވެ.

މައުޟޫޢުތަށް