ސިމެންތި ވަރަށް އަގު ބޮޑުވެ، އިމާރާތް ކުރުމުގެ ދާއިރާއަށް ގޮންޖެހުންތަކެއް
ސަން
25 މާރިޗު 2026 | ބުދަ | 11:45
ރާއްޖޭގެ ބާޒާރުގައި ސިމެންތީގެ އަގު ވަރަށް ބޮޑަށް އުފުލި، އިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިއްޖެއެވެ.
"ސަން" އާ ވާހަކަދެއްކި ކޮންސްޓްރަކްޝަން ދާއިރާގެ ބައެއް ވިޔަފާރިވެރިން ބުނި ގޮތުގައި، މިހާރު ބާޒާރުގައި ސިމެންތީގެ އަގުތައް ހުރީ ކުރިއާ އަޅާބަލާއިރު ދެގުނަ މަތީގައެވެ. ކުރިން 100 ރުފިޔާއަށްވުރެ ހެޔޮކޮށް ލިބެން ހުރި ސިމެންތި ބަސްތާއެއްގެ އަގު މިހާރު ވަނީ 200 ރުފިޔާއަށްވުރެ މައްޗަށް އުފުލިފައެވެ.
މި ބަދަލާއެކު އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ދަތިތަކެއް ކުރިމަތިވަމުންދާކަން ވިޔަފާރިވެރިން ފާހަގަކުރެއެވެ.