މޫސުމަށް، އިންތިޚާބަށް، ނުބަލައި ސަރުކާރުން ވަޒީފާ ދޭންވީ، މިހާރުވެސް ވަޒީފާ ދޭލެއް މަދު: ޖާބިރު
ސަން
25 މާރިޗު 2026 | ބުދަ | 11:56
ސަރުކާރުން ހިންގާ މަޝްރޫއުތައް އިތުރުކޮށް، މޫސުމަށް, އިންތިޚާބަކަށް ނުބަލައި ދިވެހީންނަށް ވަޒީފާ ދޭންވީ ކަމަށާއި، މިހާރުވެސް ސަރުކާރުން ވަޒީފާ ދޭލެއް މަދު ކަމަށް، ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުالله ޖާބިރު މިރޭ ވިދާޅުވެއްޖެއެވެ.
'އެސްއެސްޓީވީ'ގެ "ބާރު ހަތަރެއް" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖާބިރު ވިދާޅުވީ، ފަޅެއް އޮތިއްޔާ އެ ފަޅެއް ހިއްކާ މަތިންވެސް ވަޒީފާދީ، ސަރުކާރުގެ މަޝްރޫއުތައް އިތުރުކޮށް، ދިވެހީންނަށް ގިނައިން މަސައްކަތަށް ނެރެން ޖެހޭ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މި ސަރުކާރުން ހަމަ ހުރިހާ އެންމެންނަށްވެސް ވަޒީފާ ދެއްވަންވީ، އިންތިޚާބެއް، ވާރޭވެހޭ ދުވަހެއް، އަވިއަރާ ދުވަހެއް ބަލާކަށް ނުޖެހޭނެ، ދިވެހި ރައްޔިތުންނަށް ވަޒީފާ ދޭންވީ،" ޖާބިރު ވިދާޅުވިއެވެ.