ބަންގްލަދޭޝްއިން ރާއްޖެއަށް ދޭ އެއްބާރުލުމަކީ، ތަރައްގީއަށް ލިބޭ ބޮޑު އެހީއެއް: ރައީސް

ސަން

26 މާރިޗު 2026 | ބުރާސްފަތި | 1:42

ބަންގްލަދޭޝްއިން މިއަދު ފާހަގަކުރާ 55 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން، އެ ގައުމަކީ ރާއްޖޭގެ ތަރައްގީއަށް ބޮޑު އެހީއެއް ދޭ ގައުމެއްކަން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.

ރައީސް ވަނީ ބަންގްލަދޭޝްގެ 55 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، އެ ގައުމުގެ ރައީސް މުޙައްމަދު ޝަހާބުއްދީނަށާއި ބޮޑުވަޒީރު ތާރިގް ރަޙްމާނަށް، ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ތަހުނިޔާ ފޮނުއްވަވާފައެވެ.

ރައީސް ފޮނުއްވި ވަކިވަކި މެސެޖުތަކުގައި، މި އަހަރަކީ، ރާއްޖެއާއި ބަންގްލަދޭޝްއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރިތާ 48 އަހަރު ފުރޭ އަހަރުކަން ވަނީ ފާހަގަކުރައްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމަކީ އިޙްތިރާމާއި، ހިއްސާކުރާ ގަބޫލުކުރުންތަކާއި އެއްގޮތް އުންމީދުތަކެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމެއް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މައުޟޫޢުތަށް