އިހުމާލުން ކުއްޖަކު މަރުވިކަމަށް ތުހުމަތުކުރާ މައްސަލަ ހެލްތުން ބަލަނީ

ސަން

26 މާރިޗު 2026 | ބުރާސްފަތި | 1:33

ކާންދިނުމަށް ބޭނުންކުރާ ޕީއީޖީ ޓިއުބެއް ހޯދުމަށް ދައުލަތުގެ ކަމާ ބެހޭ އިދާރާތަކުގައި އެދި އެތައް މަހެއް ވަންދެން ކުރި މަސައްކަތަށްފަހު، އެ ތަކެތި ނުލިބި ކުއްޖަކު މަރުވިކަމަށް ބުނާ މައްސަލައެއް ހެލްތު މިނިސްޓްރީން ބަލަން ފަށައިފިއެވެ.

މި މައްސަލަ ފެންމަތިވެފައިވަނީ ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. މިދުއަމް ހާމަކުރި ގޮތުގައި، ކުއްޖާއަށް ކާންދިނުމަށް ބޭނުންވާ ޕީއީޖީ ޓިއުބެއް ހޯދުމަށް އެ ކުއްޖާގެ މަންމަ އަށް މަސް ދުވަސް ވަންދެން އިންތިޒާރު ކުރަން ޖެހުނެވެ.

ނަމަވެސް، އެހާ ގިނަ ދުވަސް ފަހުން އެންސްޕާ އާއި އެސްޓީއޯއިން ބުނީ އެ ޓިއުބަށް އޯޑަރުވެސް ދީފައި ނުވާ ކަމަށް ކަމަށް މިދުއަމްގެ ޕޯސްޓުގައިވެއެވެ.

މައުޟޫޢުތަށް