އޭޖީ އޮފީހުގެ ހިންގުމަށް ގެނައި ބަދަލުތަކާއެކު ގާނޫނަށް ބައެއް އިސްލާހުތައް ގެންނަނީ
ދަޕްރެސް
30 މޭ 2025 | ހުކުރު | 10:16
ބަންޑާރަނައިބުގެ އޮފީސް (އޭޖީ) ހިންގުމުގެ ނިޒާމަށް ބައެއް ބަދަލުތައް ގެނައުމާ ގުޅިގެން ކަމާގުޅޭ އިސްލާހުތައް އެކުލަވާލަން ނިންމާފައިވާ ކަމަށް އެ އޮފީހުން ބުނެފިއެވެ.
"ބަންޑާރަ ނައިބު"ގެ އޮފީހުގެ ނަމުގައި ސިވިލް ސާވިސްގައި ނުހިމެނޭ ސަރުކާރުގެ ވަކި އޮފީހެއް ގާއިމުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރެއްވީ އިއްޔެއެވެ.
ސަރުކާރުގެ ފަރާތުން، ޕީއެންސީއަށް ނިސްބަތްވާ މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އެ ބިލު މަޖިލީހުން ފާސްކުރީ މި މަހުގެ 15 ވަނަ ދުވަހުއެވެ. 64 މެންބަރުންގެ ވޯޓާއެކު ފާސްކުރި މި ބިލުގައި އިދިކޮޅު ފަރާތްތަކުން ބައިވެރިވެފައި ނުވެއެވެ.