ހައްޖުގެ އަޅުކަމަށް ދަނީ ކޯޓާއަކު ނޫން، ސަރުކާރުން އެއްވެސް ހަރަދެއް ނުކުރާނެ: ރައީސް

ދަޕްރެސް

30 މޭ 2025 | ހުކުރު | 5:22

ހައްޖުގެ އަޅުކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަޑައިގަންނަވަނީ ސައުދީ ރަސްގެފާނުގެ މެހެމާންދާރީއަށް ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ އެމަނިކުފާނު ހައްޖުގެ އަޅުކަމަށް ވަޑައިގަންނަވަނީ ސައުދީ އަރަބިއްޔާއިން ހައްޖުގެ އަޅުކަމަށް ރާއްޖެއަށް ހަމަޖައްސައިދީފައިވާ 1000 ކޯޓާގެ ތެރެއިން ކަމަށް ބުނެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައި "ރައްޔިތުންނާއެކު" ޕޮޑްކާސްޓްގެ 7 ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މީގެ ކުރީގައި ރާއްޖޭގައި ވެރިކަންކޮށްފައިވާ ވެރިންވެސް ހާއްސަ ފުރުސަތުތަކުގައި ހައްޖަށް ވަޑައިގެންފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެއީ ކޯޓާގެ ތެރެއިން ފުރުސަތުތަކެއް ނޫން ކަމަށާއި އަދި އެއީ ހައްޖަށް ދިއުމަށް ދީފައިވާ 1000 ކޯޓާގެ ބޭރުން ލިބޭ ދައުވަތެއް ކަމަށެވެ.

މައުޟޫޢުތަށް