ޗެމްޕިއަންސް ލީގު: ޔޫރަޕް ފުޓުބޯޅައިގެ ރަސްކަން މިފަހަރު ފްރާންސްގެ ޕީއެސްޖީއަށް!

ދަޕްރެސް

1 ޖޫން 2025 | އާދިއްތަ | 9:56

މި ސީޒަންގެ ޔޫއެފްއާ ޗެމްޕިއަންސް ލީގުގެ ތަށި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީ އުފުލާލައިފިއެވެ. މިއީ ޕީއެސްޖީގެ ތާރީހުގައި ވެސް އެކްލަބުން ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ރޭ ޖާމަނީގެ އެލިއަންޒް އެރީނާގައި ކުޅުނު ފައިނަލް މެޗުގައި އިޓަލީގެ އިންޓާ މިލާންއާ ވާދަކޮށް ޕީއެސްޖީ މެޗު ކާމިޔާބުކުރީ 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ ޔޫރަޕްގެ ފައިނަލެއް އެންމެ ތަފާތު ބޮޑު ނަތީޖާއަކުން ޓީމެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.

ރޭ މެޗުގައި ޕީއެސްޖީގެ 19 އަހަރުގެ ޒުވާން ހުނަރުވެރި ކުޅުންތެރިޔާ ޑިސަރޭ ޑޫއޭ ވަނީ ވިދާލާފައެވެ. ޕީއެސްްޖީއިން ޖެހި 5 ލަނޑުގެ ތެރެއިން ދެ ލަނޑު އޭނާ ކާމިޔާބުކުރި އިރު މެޗުގެ 12 ވަނަ މިނެޓްގައި އަޝްރަފް ހަކީމީ ޖެހި ޕީއެސްޖީގެ ފުރަތަމަ ލަނޑަކީ ޑޫއޭގެ އެސިސްޓެކެވެ.

މައުޟޫޢުތަށް