އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލަން ހިމަނާފައިނުވާތީ އެމްޑީޕީގެ ކަންބޮޑުވުން
ދަޕްރެސް
1 ޖޫން 2025 | އާދިއްތަ | 3:19
މޯލްޑިވްސް-ޔޫކޭ ޑަޔަލޮގުގެ ބައްދަލުވުމުގައި އިނގިރޭސިވިލާތަށް އެކްސްޕޯޓްކުރާ މަހުން ޑިއުޓީ ކަނޑާލުމުގެ މަޝްވަރާ (ފްރީ ޓްރޭޑް އެގްރީމެންޓް) ހިމަނާފައިނުވާތީ އެމްޑީޕީގެ ކަންބޮޑުވުންފާޅުކޮށްފިއެވެ.
އެމްޑީޕީއިން ނެރުނު ބަޔާނެއްގައި ބުނީ ރައީސް ސޯލިހްގެ ސަރުކާރުގައި މަސްވެރިންނާ މަސްވެރި ސިނާއަތުގެ މުސްތަގުބަލު ރަނގަޅު ކުރުމަށް ފެށި އެއް މަސައްކަތަކީ އިނގިރޭސިވިލާތަށް ރާއްޖެއިން އެކްސްޕޯޓްކުރާ މަހަށް ނަގާ ޑިއުޓީ ކުޑަކުރުމުގެ މަސައްކަތް ކަމަށެވެ.
އެގޮތުން ކުރެވުނު މަސައްކަތުން 2020 ވަނަ އަހަރު ޑިޔުޓީ 24 ޕަސެންޓުން 20 ޕަސެންޓަށް ކުޑަވެގެންދިޔަކަން އެމްޑީޕީއިން ވަނީ ފާހަގަކޮށްފައެވެ. އަދި ޑިޔުޓީ މުޅިން ކަނޑާލުމަށް ބޭނުންވާ ފްރީ ޓްރޭޑް އެގްރިމެންޓެއް ހަދަން ވަނީ ދެ ގައުމުން އެއްބަސްވެ މަސައްކަތް ވެސް ފަށާފައިވާ ކަމަށް އެމްޑީޕީއިން ވަނީ ބުނެފައެވެ.