ތޫނު އެއްޗަކުން ހަމަލާދީ މާލޭގައި މީހަކު ޒަހަމް ކޮށްލައިފި
ދަޕްރެސް
2 ޖޫން 2025 | ހޯމަ | 9:46
ރޭ މާލޭގައި ހިނގި މާރާމާރީއެއްގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމް ކޮށްލައިފިއެވެ.
މި މާރާމާރީގައި އަނިޔާވެފައި ވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ފިރިހެނަކަށެވެ.
ފުލުހުން ބުނީ މާލެ ޝަހީދު ކުޑަނެވި ތުއްތު މަނިކު ހިނގުމުގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ ރޭ މެންދަމު 3:10 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.