ޔޫކްރައިން އިން ރަޝިއާ ސިއްސުވާލައި އަސްކަރީ ބޯޓުގެ 40 އެތި ގޮއްވާލައިފި
ދަޕްރެސް
2 ޖޫން 2025 | ހޯމަ | 11:12
200 އަށް ވުރެ ގިނަ ޑްރޯން ބޭނުންކޮށްގެން ރަޝިއާ އިން ޔޫކްރައިން އަށް ހަމަލާތަކެއް ދިންތާ ހަފްތާއެއް ނުވަނީސް ޔޫކްރައިން އިން ރަޝިއާ ސިހޭވަރުގެ ވަރުގަދަ ހަމަލާއެއް ދީފިއެވެ.
ސްމަގްލް ކޮށްގެން ހޯދާފައި ވާ ޑްރޯން އާއި އެތެރޭގެ އަމިއްލަ އުފެއްދުމުގެ ގޮތުގައި ބޭނުން ކުރާ އާލާތްތައް ހިމެނޭ 117 ޑްރޯނެއް ބޭނުންކޮށްގެން ދިން މި ހަމަލާގައި ރަޝިއާގެ އަސްކަރީ އެއާ ބޭސްތަކުގެ 4 ތަނެއް ވަނީ ގޮއްވާލައިފައެވެ.
މި ހަމަލާތަކުގައި ކްރޫޒް މިސައިލް އުފުލޭ ޒާތުގެ 40 ބޯޓު ގޮއްވާލި އިރު، މިއީ މުޅި ރަޝިއާގައި ކްރޫޒް މިސައިލް އަށް ފައްކާ ކޮށްފައި ހުރި ފެސިލިޓީތަކުގެ 34 ޕަސެންޓެވެ.