ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަނީ
ދަޕްރެސް
2 ޖޫން 2025 | ހޯމަ | 11:34
ކ. ހިންމަފުށީ ފުޓްބޯޅަ ދަނޑުގައި ފެންސާއި ލައިޓިން ހަރުކުރުމުގެ އަމަލީ މަސައްކަތް ފަށަން ތައްޔާރު ވެފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.
ހިންމަފުށީ ފުޓްބޯޅަ ދަނޑުގެ މަޝްރޫއުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައިވާ އިރު، މި މަޝްރޫއުގެ ދަށުން 100،000 އަކަފޫޓުގެ ފުޓްބޯޅަ ދަނޑުގެ ވަށާފާރު ރޭނުމާއި ވަށާ ފެންސެއް ޖެހުމާއި އަދި ލައިޓިން ސިސްޓަމެއް ހަރުކުރުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
1،319 މީހުންގެ އާބާދީއެއް ދިރިއުޅޭ ހިންމަފުށީގައި ބިނާކުރެވޭ ފުޓްބޯޅަ ދަނޑުގެ މަސައްކަތް އެއްކޮށް ނިމުމާއެކު ރަށު ރައްޔިތުންނަށް ހާއްސަކޮށް ޒުވާނުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކާއި ފަސޭހަތައް ލިބިގެންދާނެ ކަމަށް ގަބޫލު ކުރާ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.